އެމްޑީޕީގެ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ނަޝީދަށާ ޝިފާޒަށް ރައީސް ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
އެމްޑީޕީގެ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ނަޝީދަށާ ޝިފާޒަށް ރައީސް ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެ

އެމްޑީޕީގެ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ނަޝީދަށާ ޝިފާޒަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެ އެވެ. 

"އެމްޑީޕީން އިއްޔެ ބޭއްވި ލީޑަޝިޕް އިންތިޚާބުން ޕާޓީގެ ރައީސް ކަމަށް ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސްކަމަށް މުހައްމަދު ޝިފާޒް އަލުން ހޮވިވަޑައިގަތުމުން ދެ ބޭފުޅުންނަށް މަރުހަބާއާއި މުބާރިކްބާދީ ދަންނަވަން." –ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 

ރައީސްކަމުގެ މަޤާމަށް ރައީސް ނަޝީދު ނޫން ބޭފުޅަކު ކުރިމަތިލައްވަވާފައެއް ނުވެއެވެ. ނައިބްރައީސް ކަމަށް ވާދަކުރެއްވީ މުޙައްމަދު ޝިފާޒް އާއި މުޙައްމަދު އަސްލަމްއެވެ. މިއީ ޝިފާޒް މަޤާމް ކާމިޔާބު ކުރެއްވި ދެވަނަ ފަހަރެވެ. 

ހުކުރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވަނީ 23،396 ވޯޓެވެ. .

ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި މުހައްމަދު ޝިފާޒަށް ލިބިވަޑައިގެންފައިވަނީ 13،233 ވޯޓެވެ. މުހައްމަދު އަސްލަމަށް ލިބވަޑައިގެންފައިވަނީ 9957 ވޯޓެވެ. އެހެންކަމުން ޝިފާޒް 3276 ވޯޓުން ކުރި ހޯއްދަވައިފައިވާތީ ރަސްމީ ނަތީޖާގައިވެސް ބަދަލެއް އަންނާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. 

މިއަދު އޮންލައިން