ނޯވޭގެ މަގުމަތީގައި ކީރިތި ޤުރްއާން އަނދަމުން ދިއަ މީހަކާއި ކުރިމަތިލައި އެކަން ކުރުން ހުއްޓުވައިފިއެވެ.
ނޯވޭގައި އިސްލާމް ދީން ކުރިއަރަމުން އަންނަލެއް ބާރުކަމުން އެކަން ހަޖަމް ނުކުރެވިގެން އެކަން ހުއްޓުވުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ލާރސް ތޯސަން ކިޔާ ޝައިޠާނަކު އިސްލާމް ދީނަށާއި ކީރިތި ޤުރްއާނަށް ފުރައްސާރަކުރަމުން ގޮސް މުޞަހަފެއްގެ ގަނޑުތައް ވަކިކޮށް އަލިފާން ރޯކޮށް އަނދަން ފެށުމުން ފުލުހުންގެ ކުރިމަތީގައި ނުކުމެ އެ ޝައިޠާނާ އާއި ކުރިމަތިލައި އެކަން ހުއްޓުވީ ޢުމަރު އިލްޔާސް ކިޔާ ﷲ ތަޢާލާގެ ފަހުލަވާނެކެވެ.
ފަލަސްޠީނަށް ނިޞްބަތްވާ ޢުމަރު އިލްޔާސް ބުނީ މިފަދަ ޝައިޠާނުންގެ ކިބައިން އިސްލާމް ދީން ސަލާމަތް ކުރަން ބޭނުންވަނީ ތަްްވާވެރިކަން ކަމަށެވެ. އަދި އޭނާއަށް އެ ކމަށް ހިތްވަރު ލިބުނީ އޭނާގެ ތަޤްވާވެރިކަމުން ކަމަށެވެ. އަދި އޭނާގެ ތަޤްވާވެރިކަން އިތުރުކޮށްދެއްވެވުން އެދި ދުޢާކުރާ ކަމަށެވެ.
ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން ގެންދަނީ ﷲ ތަޢާލާގެ ފަހުލަވާނުގެ ހިތްވަރަށް ތައްރީފްކުރަމުންނެވެ. ޙަޖަމް ކުރެވުނު ނަމަވެސް ނުކުރެވުނު ނަމަވެސް އިސްލާމް ދީން ދާނީ ކުރިއަރަމުންނެވެ. އިން ޝާ ﷲ!
#Palestinian man living in Norway. Defends Islam. And beaten who burned the QUR'AN.
— Mahmood (@Mahmood47769559) November 22, 2019
We Palestinians will defend Islam. These are our men.#Norway #Defender_of_Quran #ilyas_Hero_of_Muslim_Ummah #TheGloriousQuran pic.twitter.com/1jxS8qHqGl