ޑޮޓު ތަކްފީރީ މީހުންނާއި ލާދީނީ އޭޖެންޓުން ހިންގާ ނޭދެވޭ އަމަލުތަކުން ޝޭއިޚުން ބަރީޢަ ވެގެންވޭ: ޝެއިޚް އަލީ ޒައިދު

ކިޔުމަށް ހޭދަވާނީ 1މ 9ސ
ޑޮޓު ތަކްފީރީ މީހުންނާއި ލާދީނީ އޭޖެންޓުން ހިންގާ ނޭދެވޭ އަމަލުތަކުން ޝޭއިޚުން ބަރީޢަ ވެގެންވޭ: ޝެއިޚް އަލީ ޒައިދު

"ޑޮޓު ތަކްފީރީ މީހުންނާއި ލާދީނީ އޭޖެންޓުން" ހިންގާ އެންމެހާ ނޭދެވޭ ޢަމަލުތަކުން ޝޭއިޚުން ބަރީޢަ ވެގެންވާ ކަމަށް މައްޝޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚު ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޑޮޓު ތަކްފީރީ މީހުންނާއި ލާދީނީ އޭޖެންޓުން ހިންގާ އެންމެހާ ނޭދެވޭ ޢަމަލުތަކުން ޝެއިޚުން ބަރީޢަވެގެންވާ" ކަމަށާއި "މިދެބައި މީހުންވެސް އެންމެ ރުޅިއަރާ ބަޔަކީ ޝެއިޚުން ކަމުގައެވެ.

"ސަބަބަކީ ޝެއިޚުންނަކީ މިއިން އެއްވެސް ބަޔަކަށް ސަޕޯޓުކުރާ ބަޔަކަށް ނުވާތީ. އަޅުގަނޑުމެން ފާޅުގަ މިދެބަޔާއި ދެކޮޅު" ޝެއިޚު ޒައިދު ވިދާޅުވެފައިވެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވާއިރު، ލަނޑާނަގާ ދޯންޏެއްގައި މަސައްކަތްކުރާ ހަރުކަށި ފިކުރު ގެންގުޅޭ ގްރޫޕަކާއި ގުޅުންހުރި މީހަކަށް އިއްޔެ ތޫނު އެއްޗަކުން ހަމަލާދީ ކަނޑަށް އެއްލާލާފައިވާކަމުގެ މައްސަލައެއް ވަނީ ފެންމަތުވެފައެވެ. އަދި އެމައްސަލައާއެކު، އެމީހާ (ކޯޓުން ބޭރުން) ކައިވެނި ކޮށްގެން އުޅެނީ އުމުރުން 13 އަހަރުގެ ކުޑަކުއްޖަކާއިކަން ވެސް މިވަނީ ފެންމަތިވެފައެވެ.

 

މިއަދު އޮންލައިން