މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ މަގާމަށް ޢާންމު މެންބަރެއް އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން މާދަމާ އޮންނާނެކަމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބުނެފިއެވެ.
މި އިންތިޚާބުގައި ވޯޓްލުން ކުރިއަށްގެންދާނީ މާދަމާ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި (2019 ނޮވެމްބަރ 23) މެންދުރުފަހު 02:00 ން 03:00 އަށެވެ. ވޯޓް ލުމަށް ރަޖިސްޓްރީކޮށްފައިވަނީ 25 ފަރާތަކުންނެވެ.
މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންނެވެ.