އެވޭލާ ދިވެހި ކޮންމެ އުފެއްދުމަކީ، އޭގައި ޚާއްޞަ ދިވެހިވަންތަ ސިފަތަކެއް އެކުލެވިފައިވާ އުފެއްދުމެއް: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އެވޭލާ ދިވެހި ކޮންމެ އުފެއްދުމަކީ، އޭގައި ޚާއްޞަ ދިވެހިވަންތަ ސިފަތަކެއް އެކުލެވިފައިވާ އުފެއްދުމެއް: ރައީސް ޞާލިޙް

ދިވެހި އަދަބިއްޔާތާއި ދިވެހި ބަހާ އެކުގައި، ކާބަފައިން އަޅުގަނޑުމެންނަށް ދޫކުރި އެންމެ އަގުބޮޑު ތަރިކައަކީ، އަތު މަސައްކަތާއި އަތްތެރި މަސައްކަތުގެ ދާއިރާއިން، އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވާ ހުނަރުވެރިކަމަށާއި އެތައް ޖީލެއް ކަޑައްތުކޮށް އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވާ، އެވޭލާ ދިވެހި ކޮންމެ އުފެއްދުމަކީ، އޭގައި ޚާއްޞަ ދިވެހިވަންތަ ސިފަތަކެއް އެކުލެވިފައިވާ އުފެއްދުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފަންނު އެކްސްޕޯ 2019" ހުޅުވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިފަހަރުގެ މައުރަޒަކީވެސް މި ދެންނެވި އަގު ބޮޑު ތަރިކައިގެ މުއްސަނދިކަން، އަޅުގަނޑުމެންނަށް ފެނިގެންދާނެ މައުރަޒެއްކަން ޔަޤީން ކުރައްވާ ކަމަށެވެ. އަދި މި މައުރަޒުގައިވެސް 78 ގިންތިއަކުން، އުފެއްދުންތައް މިންކޮށް ވަޒަންކުރެވިގެން ވަނަތައް ހޮވުމަކީ، މި ދެންނެވި ތަރިކައިގެ މުއްސަނދިކަން ދޭހަވާ ކަމެއް ކަމަށާއި ދިވެހީންގެ ހުނަރުވެރި ފަންނުވެރި ތަރިކަތައް ދިރުވައި އާލާކުރުމަށް، ދިވެހި މަސައްކަތްތެރީން މިހާރުވެސް އަންނަނީ، މިންނެތް މަސައްކަތްތަކެއް ކުރަމުންކަން އެނގިގެންދާ ސަބަބެއް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިފަދަ މައުރަޒުތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް، އެފަދަ މަސައްކަތްތެރީންނަށް ހިތްވަރުދީ، ދިވެހިންގެ ހުނަރުތައް ދިރުވައި އާލާކުރުމަށް، ވާދަވެރި މާޙައުލެއްގެ ތެރެއިން ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ވަކިން ޚާއްޞަ ގޮތެއްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ މީހުންނަށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މުދާ ގަންނަ ފަރާތްތަކާ ގުޅުވައިދިނުމަކީ، ފަންނު އެކްސްޕޯގެ ވަރަށް މުހިންމު މަޤްޞަދެއް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

މިރޭ ހުޅުވިގެން މިދާ "ފަންނު އެކްސްޕޯ"އަކީ، ދިވެހީންގެ ފަންނީ ހުނަރުވެރިކަމާއި ކުޅަދާނަ މަސައްކަތްތެރިކަން، ޒަމާނާއެކު ތަރައްޤީވެ ކުރިއަރަމުން އަންނަކަން ސާބިތުކޮށްދޭ މައުރަޒެއް. މި މުހިންމު މައުރަޒުން ރަން ވަނަތައް ހާސިލުކުރާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

މީގެ ކުރިން ރާއްޖޭގައި ބޭއްވި މައުރަޒުތައްވެސް ފެނުމުގެ ނަސީބު ލިބިފައިހުރި މީހަކަށްވާތީ، މި މައުރަޒުންވެސް، ދިވެހި ޤައުމިއްޔަތާއި ޘަޤާފަތް، އަދި ދިވެހިވަންތަކަން ރަމްޒުކޮށްދޭ ‏ދިވެހި އަމިއްލަ އުފެއްދުންތައް ފެނިގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން. އެހެންކަމުން، މި މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރެއްވި، ރާއްޖޭގެ ހީވާގި ހުނަރުވެރިންނަށާއި، ފަންނުވެރި މަސައްކަތްތެރީންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

މިއަދު އޮންލައިން