އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރުގެ ޖުލައި މަހުން ފެށިގެން އޮކްޓޯބަރ މަހުގެ ނިޔަލަށް ކުރިއަށްގެންދިއަ 'ކުދި ސްކޫލް ތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް' 30 ސްކޫލެއްގައި ކުރިއަށް ގެންދެވުނު ކަމަށާއި ކޮންމެ ސްކޫލެއްގައިވެސް އެއް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމުގައި ޖުމުލަ 609 ޓީޗަރުންނަށާއި، 2608 ދަރިވަރުންނަށާއި، 1486 ބެލެނިވެރިންނަށް މި ދާއިރާއަށް އަހުލުވެރި ކުރެވުނު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ސްކޫލުތަކުގެ ޓީޗަރުންނާއިއެކު ލެސަންޕްލޭން ހައްދުވާ، އައި.އީ،ޕީ ހައްދުވާ ކޯޓީޗިންގ މޮޑެލް ބޭނުންކޮށް ކިޔަވައިދިނުން ކުރިއަށްގެންދެވުނު. އަދި މީގެ އިތުރުން އުނގެނުމުގައި ބޭނުންކުރާނެ ތަފާތު ވަސީލަތްތައް މާހައުލުންލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރުމުގެ ސެޝަންސްތައް ބާއްވާ އެތަކެތި ސްކޫލުތަކައް ހަދިޔާ ކުރި ކަމަށެވެ.
"މި ޕްރޮގް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދެވުނީ މާލޭގައި މި ދާއިރާގައި އިސްކޮށް މަސައްކަތްކުރަމުންދާ ސްކޫލުތަކުގެ އެއްބާރުލުމާއި އެކު. ފާހަގަ ކޮށްލަން. މިގޮތުން އިމާދުއްދީން ސްކޫލް، ޣާޒީ ސްކޫލް، އަމީނިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، މުހުޔިއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، އަދި ޝަރަފުއްދީން ސްކޫލުގެ އިންކްލޫސިވް ލީޑިން ޓީޗަރުންނާއި ޓީޗަރުން މި ޕްރޮގްރާމައް ވަގުތު ދެއްވާ ވަރައް ހިއްވަރާއިއެކު މަސައްކަތް ކުރެއްވިކަން ފާހަގަކޮށް މި ބޭފުޅުންނަށާއި ސްކޫލުގެ މެނޭޖްމަންޓައް ނިހާޔަތައް ޝުކުރު ދަންނަވަން. އަދި މި ފަދަ ޕްރޮގްރާމުތައް ރާވާލެވޭއިރު އަބަދުވެސް މި ޑިޕާޓްމަންޓައް އެހީތެރިކަން ދެއްވާނެކަމަށް އުއްމީދުކުރަން. އަދި ވަކިން ޚާއްސަކޮށް ވަޒީރު މި ޕްރޮގްރާމު ވަރައްގާތުންބައްލަވައި ދެއްވި އެހީތެރިކަމަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި ކުރިއަށް އޮތް އަހަރުތަކުގައި މިފަދަ ޕްރޮގްރާމު ކުރިއަށްގެންދިއުމަށް މި ޑިޕާޓްމަންޓައް އެހީތެރިކަން ދެއްވާނެކަން ޔަޤީން ކުރަން." އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.