މީމިސް ސޮފްޓްވެއާ މެދުވެރިކޮށް ދަރިވަރުންގެ ކަންކަން ބެލުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މީމިސް ސޮފްޓްވެއާ މެދުވެރިކޮށް ދަރިވަރުންގެ ކަންކަން ބެލުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި

މީމިސް (މޯލްޑިވްސް އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމް) މެދުވެރިކޮށް ދަރިވަރުންނާއި ގުޅުންހުރި ހުރިހާ ކަމެއްހެން މިހާރު ބަލައިލެވޭނެ ކަމަށާއި އަދި ދަރިވަރުގެ ރިޕޯޓް ފޮތް ވެސް ބަލައިލެވޭނެތީ މީމިސް ސޮފްޓްވެއާ ގެ ބޭނުން ހިފުމަށް އެޑިޔުކޭޝަން މިނިސްޓްރީން ބެލެނިވެރިންނަށް އިލްތިމާސްކޮށްފިއެވެ. 

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މީމިސްގެ އެހީގައި ދަރިވަރުންގެ ރިޕޯޓް ފޮތް އޮންލައިންކޮށް ބެލުމާއި ދަރިވަރުންގެ އެގުނުމުގެ އެކިއެކި މަރުޙަލާތަކުގައި ޙާޞިލްވެފައިވާ އަދި ޙާޞިލް ވަމުންދާ ޤާބިލިއްޔަތުތައް އޮންލައިކޮށް ބެލެނިވެރިންނަށް ބަލައިލެވޭނެ ކަމަށެވެ.   

މީމިސް (މޯލްޑިވްސް އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމް) އަކީ ދިވެހިރާއްޖޭގައި ކިޔަވާކުދިންގެ މަޢުލޫމާތު އެއްތަނަކުން ވަގުތުން ވަގުތައް އަދާ ހަމަކޮށް އެކުދިންގެ މަޢުލޫމާތާއި ތަފާސް ހިސާބު ހޯދުމަށް ސްކޫލްތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޤާއިމްކޮށްފައިވާ މެނޭޖްމަންޓް އިންފޮމޭޝަން ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރއަކީ ރާއްޖޭގައި ނިޒާމީ ތަޢުލީމް ފޯރުކޮށްދޭ ޕްރީސްކޫލްތަކުން ފެށިގެން މަތީ ޘާނަވީ ތަޢުލީމް ފޯރުކޮށްދޭ ހުރިހާ ސްކޫލްތަކެއްގައި ކިޔަވާ ދަރިވަރުންގެ މަޢުލޫމާތު ހިމެނޭ ޕްރޮގްރާމްއެކެވެ.

މީމިސް ބޭނުންކުރަން ފެށުނުއިރު މިސޮފްޓްވެއަރއަކީ ހަމައެކަނި ދަރިވަރުންގެ އަސާސީ މަޢުލޫމާތު ރައްކާކުރެވޭ އެއްޗަކަށް ވީނަމަވެސް، މީމީސް މިހާރު ތަރައްޤީ ކުރެވިފައިވާގޮތުން މިސޮފްޓްވެއަރއަކީ ދަރިވަރުންގެ ހާޒިރީ އޮންލައިކޮށް ބެލެހެއްޓުމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ވަގުތުން ވަގުތަށް ދަރިވަރުން ހާޒިރީގެ މަޢުލޫމާތު ބެލެވިގެން ދާގޮތަށް ފަރުމާ ކުރެވިފައިވާ ސޮފްޓްވެއަރއެކެވެ. މީމީސް އިތުރަށް ތަރައްޤީކުރެވި މީމިސް ލޯންޗް ކުރެވުނުފަހުން 3 އަހަރު ވީއިރު 2019 ވަނަ އަހަރު މިވަނީ ބެލެނިވެރިންނާހިސާބަށް މީމިސް ގެނެސް ދެވިފައެވެ. 

މިއަދު މީމިސްއަކި އެޕްސްޓޯރއިން ޑައުންލޯޑްކުރެވޭ އެޕްލިކޭޝަނެކެވެ.

https://play.google.com/store/apps/details?id=me.mahid.memisbrowser

އަދި، މީމިސް ޔުސަރ ގައިޑް ވީޑިއޯ ޕްރެސެންޓޭޝަނެއް ތައްޔާރުކުރެވި މިހާރުވަނީ ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް ފޯރުކޮށްދެވިފައެވެ.  އަދި، ޔޫ ޓިއުބް މެދުވެރިކޮށްވެސް ތިރީގައި މިވާ ލިންކުން ޔޫސަރ ގައިޑް ބައްލަވާލެއްވޭނެއެވެ.

މިއަދު އޮންލައިން