ސަލަފަށް ތުހުމަތު ކުރަނީ ހަމަ ސީދާ ދޮގު އުފައްދައިގެން!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ސަލަފަށް ތުހުމަތު ކުރަނީ ހަމަ ސީދާ ދޮގު އުފައްދައިގެން!: ޝައިޚް ޢަލީ ޒައިދު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގައި ރާއްޖޭގެ އެންމެ ގިނަ ދީނީ ޢިލްމުވެރިން ތިއްބެވި އަދި އެންމެ ފުޅައު ދާއިރާއެއްގައި އިސްލާމް ދީނަށް ޚިދުމަތް ކުރަމުން ގެންދާ ޖަމިއްޔަތުއް ސަލަފަށް ތުހުމަތު ކުރަނީ ހަމަ ސީދާ ދޮގު އުފައްދައިގެން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މަޖިލިސް ތެރެއިން ފެންނަނީ ޑިކްޓޭޓަރޝިޕް ކަމަށެވެ. މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވާއިރު އަޅެ މާތް ﷲ އަށް ބިރުވެތި ކަމުގެ ކަންފުޅެއްވެސް ނެތީތޯ؟ އާއި "ތިއަ ހަދާ ދޮގުތައް ހަދާއިރު މާތް ﷲ، ބައްލަވައި ވޮޑިގެންވާ ކަމާއި އައްސަވައި ވޮޑިގެންވާކަން ހަމަ ނުވެސް އެނގެނީތޯއެވެ؟" ވެސް ޝައިޚް ޢަލީ ޒައިދު ވަނީ ސުވާލު ކުރައްވައިފައެވެ. 

"މަޖިލިސް ތެރެއިން ފެންނަނީ ޑިކްޓޭޓަރޝިޕް، މީހުންގެ ބޮލުގަ ދޮގު ތުހުމަތު އަޅުވާއިރު އަޅެ ބިރުވެތި ކަމުގެ ކަންފުޅެއްވެސް ނެތީތޯ؟ ސަލަފަށް ތުހުމަތު ކުރަނީ ހަމަ ސީދާ ދޮގު އުފައްދައިގެން. ތިއަ ހަދާ ދޮގުތައް ހަދާއިރު މާތް ﷲ، ބައްލަވައި ވޮޑިގެންވާ ކަމާއި އައްސަވައި ވޮޑިގެންވާކަން ހަމަ ނުވެސް އެނގެނީތޯއެވެ؟"

މިއަދު އޮންލައިން