އެމްޑީއެން ދިފާޢުކުރަމުން ގޮސް މިހާރުވެސް ބައަކު ބޭޒާރުވެއްޖެ! އިސްލާމް ދީން މުގުރައެއް ނުލެވޭނެ! އިންޝާ ﷲ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އެމްޑީއެން ދިފާޢުކުރަމުން ގޮސް މިހާރުވެސް ބައަކު ބޭޒާރުވެއްޖެ! އިސްލާމް ދީން މުގުރައެއް ނުލެވޭނެ! އިންޝާ ﷲ: ޝައިޚް ޢަލީ ޒައިދު

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްޑީއެން ދިފާޢުކުރަމުން ގޮސް އެފިކުރުގެ ބައެއް މީހުން މިހާރުވެސް ވަނީ ބޭޒާރުވެފައި ކަމަށާއި ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އިސްލާމް ދީން މުގުރައި ނުލެވޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ބައެއް މީހުން ބޭނުންވަނީ ރާއްޖޭގައި އެމްޑީއެން ފިކުރު ފަތުރަން ކަމަށާއި އެ ފިކުރުގައި އޮންނަނީ އިސްލާމް ދީނުގެ އަސާސްތަކަށް ގޮންޖެހުން ކަމަށެވެ. އަދި އިސްލާމް ދީނާއި ކުޅެން އެއްވެސް ބައަކަށް ފުރުޞަތެއް ނުދެވޭނެ ކަމަސްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ. 

"އިސްލާމް ދީނާ ކުޅެން އެއްވެސް ބައަކަށް ފުރުޞަތެއް ނުދެވޭނެ! ބައެއް މީހުން ބޭނުންވަނީ ރާއްޖޭގައި އެމްޑީއެން ފިކުރު ފަތުރަން. އެ ފިކުރުގަ އޮންނަނީ އިސްލާމް ދީނުގެ އަސާސްތަކަށް ގޮންޖެހުން. އެމްޑީއެން ދިފާޢުކުރަމުން ގޮސް މިފިކުރުގެ ބައެއް މީހުން ވަނީ ބޭޒާރުވެފަ. އިސްލާމް ދީން މުގުރައެއް ނުލެވޭނެ! އިންޝާ ﷲ."  

މިއަދު އޮންލައިން