ޤައިދީންނަށް އިތުރު އިނާޔަތްތަކާއިއެކު މާލޭ ޖަލުގެ އެނެކްސް ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޤައިދީންނަށް އިތުރު އިނާޔަތްތަކާއިއެކު މާލޭ ޖަލުގެ އެނެކްސް ހުޅުވައިފި

މާލޭ ޖަލުގައި ބަންދުކޮށްފައި ތިބޭ ޤައިދީންނަށް އިތުރު އިނާޔަތްތައް ލިބޭ ގޮތަށް ޖަލުގެ އެނެކްސް ހުޅުވައިފިއެވެ. 

އެނެކްސް ރަސްމީކޮށް ހުޅުވަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޖަލުގެ އެނެކްސް ހުޅުއްވައި ދެއްވުމަށްފަހު ހޯމް މިނިސްޓަރު ޝައިކް އިމްރާން ވިދާޅުވީ މި އެނެކްސްގެ ޚިދުމަތް ލިބެން ފެށުމުން މިހާރު ގޮޅިތަކުގައި 16،17 މީހުން ބެއިތިއްބި ނަމަވެސް ދެން ބައިތިއްބާނީ ގޮޅިއެއްގައި 10 މީހުން ކމަށެވެ. 

ޝައިޚް އިމްރާން ވިދާޅުވީ ފެންވެރުމާއި ފާހާނާ ކުރުމުގެ އިންތިޒާމް ވެސް ވަނީ އެކަށީގެންވާ ފެންވަރުގެ ރަނގަޅު ފެންވަރަކަށް ގެންދެވިފައި ކަމަށާއި ދުވާލު ގަޑީގައި ނިކުމެ ކަސްރަތުކުރާނެ ތަން މިހާރު މިވަނީ އެކަށީގެންވާ ވަރަކަށް އޯޕަންކޮށް މަރާމާތުކުރެވިފައި ކަމަށެވެ.

ޝައިޚް އިމްރާން ވިދާޅުވީ ކުރިން ހެނދުނު 6.00 އިން އިރުއޮއްސި 6.00 އަށް ގޮޅީތަކުގައި ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެނެވި މިހާރު ފަތިހު 5.00 އިން ރޭގަނޑު 10.00 އަށް ގޮޅިން ބޭރުގައި ތިބެވޭނެ ކަމަށެވެ. 

ޝައިޚް އިމްރާން ވިދާޅުވީ ބަންދުގައި ބައިތިއްބާ ތަންތަނުގެ ހާލަތު ރަނގަޅުވުމުން އިޞްލާޙްވުމުގެ ފުރުޞަތު ބަންދުކުރެވޭ މީހުންނަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި ފެންނަން މިފެށީ ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސަރވިސް ގުޅިގެން ޙާލަތު ބަދަލުކުރަން ކުރެވޭ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

 

މިއަދު އޮންލައިން