ސުޕްރީމް ކޯޓު ހިންގުން ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކާ ހަވާލުކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 6ސ
ސުޕްރީމް ކޯޓު ހިންގުން ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކާ ހަވާލުކޮށްފި!

ރާއްޖޭގެ ސުޕްރީމް ކޯޓު ހިންގުން ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކާއި ހަވާލުކޮށްފިއެވެ.

މިރޭ ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމެއްގައި، އެ ކޮމިޝަނުން ވަނީ ސުޕްރީމްކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއާ ހަވާލުކުރުމަށް ނިންމާފައެވެ.

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި ޑރ. އަޙްމަދު އަބްދުﷲ ދީދީ އެމަޤާމުން ވަކިކުރުމަށްފަހު، ޖޭއެސްސީން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ އަރީފް އާއި ހަވާލުކޮށްފައެވެ.

ނަމަވެސް ސިއްޙީ ސަބަބުތަކަކާއިހެދި ފަނޑިޔާރު އަރީފުވަނީ ރިޓަޔާވުމަށް ނިންމަވާފައެވެ.

ސުޕްރީމް ކޯޓު ހިންގުން ހަވާލު ކުރެއްވި ޑރ. އަޒްމިރަލްޑާ ޒާހިރު އަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ބޭކަނބަލެކެވެ. އެކަމަނާ ޤާނޫނީ ގޮތުން މަތީ ތަޢުލީމު ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮސް ކާފިޑް އަދި ޔުނިވާސިޓީ ޕޯޓްސްމައުތުން ނެވެ. މީގެއިތުރުން ބައިނަލްއަގުވާމީ ފިކުރީ މުދަލާ ބެހޭ ޤަނޫނުން ޔުނިވާސިޓީ އޮފް އެގްޒެޓާއިން ޕީއެޗްޑީ ވެސް ހާސިލު ކުރެއްވިއެވެ.

ޑރ. އަޒްމިރަލްޑާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަނު ކުރެއްވީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ހަތަރުވަނަ ދުވަހުގައެވެ.

 

 

މިއަދު އޮންލައިން