ޝަރީޢާ ކިޔަވައިވިދާޅުވެގެން ތިއްބެވި ޢިލްމީ، ޤާބިލު، ނުފޫޒުން ދުރުވެފައިވާ ބޭފުޅުން ހޯއްދަވައި އެފަދަ ބޭފުޅުން ސްޕްރީމްކޯޓަށް ޢައްޔަން ކުރެއްވުމަށް ޝައިޚް ޢަލީ ޒައިދު
ސަރުކާރަށް އިލްތިމާސް ކުރައްވައިފިއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ވަކިން ޚާއްޞަކޮށް އުއްތަމަ ފަނޑިޔާރަކީ ޝަރުޢީ ޢިލްމުގެ އަހުލުވެރިއަކަށް ވާންވާނެ ކަމަށެވެ.
މިމޭރުމުން ރާއްޖޭގެ ގިނަ ދީނީ ޢިލްމީ ވެރިން ގެންދަވަނީ ސަރުކާރަށް އިލްތިމާސް ކުރައްވަމުންނެވެ.