ޑރ. ޝަހީމަކީ މީހުންގެ ފުރާނައަށް އަރައިގަތުންފަދަ އަނިޔާވެރި ޢަމަލުތައް ހިންގަވާނެ ބޭފުޅެއް ނޫން: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޑރ. ޝަހީމަކީ މީހުންގެ ފުރާނައަށް އަރައިގަތުންފަދަ އަނިޔާވެރި ޢަމަލުތައް ހިންގަވާނެ ބޭފުޅެއް ނޫން: ޝައިޚް ޢަލީ ޒާހިރު

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ މީހުންގެ ފުރާނައަށް އަރައިގަތުން ފަދަ އަނިޔާވެރި ޢަމަލުތައް ހިންގަވާނެ ބޭފުޅެއް ނޫންކަން ދުރާއި ގާތުގައި ތިއްބެވި އެމަނިކުފާނު ދެނެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ އެންމެ ބޮޑެތި ދީނީ ޢިލްމުވެރިންގެ ތެރެއިން ވެސް އެންމެ ގިނަ ބައެއްގެ އިތުބާރު އެންމެ ބޮޑަށް ލިބިވަޑައިގެންފައިވާ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޚް ޢަލީ ޒާހިރު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ މަރުކޮމިޝަނުގެ ރިޕޯޓުގައި ސީދާ ބަހުން ބުނެފައި ނުވި ނަމަވެސް ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާއި ޑރ. ޝަހީމް އާއި ގުޅުވައިގެން ތަފާތު ވާހަކަތައް ފަތުރަމުން ގެންދާ ވަގުތެއްގައެވެ.

 

މިއަދު އޮންލައިން