މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ ޢާންމު މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން 2019 ނޮވެމްބަރ 23 ވަނަދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މިއިންތިޚާބަށް ކުރިމަތިލެއްވީ 03 ބޭފުޅުންނެވެ. މީގެ ތެރެއިން މީޑިއާ ކައުންސިލަށް މެމްބަރުން އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 3 ވަނަ މާއްދާގެ (ބ) ގެ ދަށުން ޝަރުޠުހަމަވަނީ ދެފަރާތެކެވެ. އެއީ އަލްފާޟިލް އަހްމަދު ނަޝީދު ޙުސައިން، ދަފްތަރު ނަންބަރު ރސ 1890 އަދި އަލްފާޟިލް މުޙައްމަދު ޔާމީން އިބްރާހީމް، ދަފްތަރު ނަންބަރު ރސ 11830 އެވެ.
މިމަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށާއި، އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކުރުން 2019 ނޮވެމްބަރު 19 ،20 ،21 މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައި އޮންނާނެއެވެ.
ރަޖިސްޓްރީކުރުމަށް ހުށަހަޅާފޯމް މިމިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ޑައުންލޯޑް ކުރެވޭނެކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.