ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސް އޮފީހުގެ މުވައްޒަފުންނާ ރައީސް ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 49ސ
ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސް އޮފީހުގެ މުވައްޒަފުންނާ ރައީސް ބައްދަލުކުރައްވައިފި

ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލު ކޮށްލެއްވުމުގައި ރައީސް ޞާލިޙް ވަނީ މި ސަރުކާރުގެ ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގައި އޮފީހުގެ މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ކުރިޔަށް އޮތް އަހަރުތަކުގައިވެސް ސަރުކާރުގެ މުހިންމު އަމާޒުތަކަށް ވާޞިލްވުމުގައި މުވައްޒަފުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަކިން ޚާއްޞަކޮށް ރައީސްގެ އޮފީހުގައި ގިނަ ދުވަސްވީ މުވައްޒަފުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެހީތެރިކަމާއި އެއްބާރު ލެއްވުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު އޮންލައިން