ޑރ. އަފްރާޝީމް އަވަހާރަކޮށްލިކަމަށް ރައީސް ނަޝީދު ވިދާޅުވި މީހުންގެ ވާހަކަ ރިޕޯޓަކުން ނުފެނުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޑރ. އަފްރާޝީމް އަވަހާރަކޮށްލިކަމަށް ރައީސް ނަޝީދު ވިދާޅުވި މީހުންގެ ވާހަކަ ރިޕޯޓަކުން ނުފެނުނު!

"އަޅުގަނޑު ގާތު މީހަކު ބުނި ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ބޭރުން އައި ބައަކު ކަމަށް! އެމީހުން ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށްފަހު ފުރާފައި ކަމަށް!" 

ގިނަ ބައަކު ވަރަށް ބޮޑަށް އުންމީދުކޮށްގެން ތިބީ ރައީސް މުޙައްމަދު ނަޝީދު ފަދަ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ އިތުބާރު ހުރި ބޭފުޅަކު ތަކުރާރުކުރައްވައި ވިދާޅުވި މި ބަސްފުޅުގެ ޙަޤީޤަތް މަރު ކޮމިޝަނުގެ ރިޕޯޓުން އެނގޭނެ ކަމަށެވެ. ރައީސް ނަޝީދަށް އެ މައުލުމާތު އެރުވި މީހާ އާއި ސުވާލުކުރެވި އިތުރު މައުލޫމާތު ރިޕޯޓުގައި ހިމަނާނެ ކަމަށެވެ. 

ޤަބޫލުކުރަން ޖެހެނީ އެމީހަކީ މިކަމާއި ވަރަށް ބޮޑަށް ގުޅުންހުރި އަދި އެކަމުގެ ފުރިހަމަ މައުލޫމާތު ވަރަށް ރަނގަޅަށް އެނގޭނެ މީހެއް ކަމަށެވެ. ތަޙްޤީޤަށް ބޭނުންވާނެ ވަރަށް ގިނަ މައުލުމާތު އެމީހާގެ ކިބައިން ލިބޭނެ ކަމަށެވެ. 

ރައީސް ނަޝީދު މިމޭރުމުން މިވާހަކަފުޅު ދެއްކެވީ މީޑިއާގެ ކުރިމަތީގައެވެ. އެ ބަސްފުޅުތައް ވަނީ މީޑިއާގައި ޢާންމުވެފައެވެ. ވީމާ މަރު ކޮމިޝަނުން ކުރި ތަޙްޤީޤުގައި އެކަމުގެ ވާހަކަތައް ނެތުމަކީ ރިޕޯޓާއިމެދު ވަރަށް ގިނަ ސުވާލު އުފެދޭ ކަމެއްކަން ފާހަގަ ކުރެވެއެވެ. 

މިއަދު އޮންލައިން