ހުމަކީ ނަރަކައިގެ ދިލަ - ޙަދިޘް ގަ ހުން އައުމުން އޮތީ ފެން އަޅަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ހުމަކީ ނަރަކައިގެ ދިލަ - ޙަދިޘް ގަ ހުން އައުމުން އޮތީ ފެން އަޅަން!

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ހުމަކީ ނަރަކައިގެ ދިލަ ކަމަށާއި ހުން އައުމުން އޮތީ ފެން އެޅުން ކަމަށެވެ. 

ރަސޫލް (ޞޢވ) މިމޭރުމުން ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެއްވެސް ސައިންސެއް ނެތި މީގެ 1450 ވަރަކަށް އަހަރު ކުރިންނެވެ. ސައިންސްވެރިން މިއަދު ވަނީ މި ޙަދީޘްފުޅުގެ ތެދުކަން ހޯދައިފައެވެ. ޑޮކްޓަރުން ބުނަމުން އެގެންދަނީ ހުން އައުމުން ފެން އެޅުމަށެވެ. އައިސް އިން ސްޕޮންޖް ކުރުމަށެވެ. 

މިފަދަ ކޮންމެ ކަމަކުން އެނގިގެން ދަނީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުގެ ތެދުކަމެވެ. ޙަދީޘްފުޅުތަކަށް އިންކާރުކުރާ މީހުން ނިކަން ބުނެބަލާށެވެ! ދޮގު ކުރެވުނީ ކޮން ޙަދީޘްފުޅެއް ހެއްޔެވެ؟ އެންމެ ޙަދީޘްފުޅެއްވެސް ދޮގު ކުރެވިއްޖެ ހެއްޔެވެ؟ އިންސާނުންނަށް ލިބިފައިވާ ޢިލްމުގެ ކުޑަކަމުން އަދިވެސް ބައެއް ކަންކަން ނުހޯދި ހުރުމަކީ ޙަދީޘްފުޅުތައް ދޮގުކުރެވޭނެ ސަބަބެއް ނޫނެވެ.

 

މިއަދު އޮންލައިން