ޑރ. އަފްރާޝީމްގެ މަރުގެ ތަހްގީގު ރިޕޯޓް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުއްވައިފި!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ޑރ. އަފްރާޝީމްގެ މަރުގެ ތަހްގީގު ރިޕޯޓް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުއްވައިފި!

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ތަހްގީގު ރިޕޯޓް ކަމާގުޅޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ފޮނުއްވަވައިފިއެވެ.

އެރިޕޯޓް ފޮނުއްވެވީ ޕްރޮސެކިއުޓަރ ޖެނަރަލަށާއި އެޓާނީ ޖެނަރަލަށާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށާއި ފުލުހުންގެ އިދާރާއަށާއި ރައްޔިތުންގެ މަޖިލީހަށެވެ.

މިދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ ވީނުވީއެއްނޭނގި ގެއްލިފާވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައި، ޢާއިލާތަކަށް އިންޞާފު ހޯދައިދިނުމަކީ މިސަރުކާރުގެ އެންމެބޮޑު އެއްވައުދުކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން، މަރުޙޫމް ޑރ.އަފްރާޝީމް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މި ހަފްތާގައި ކަމާ ގުޅުންހުރި އިދާރާތަކަށް އެ ރިޕޯޓް ހިއްސާ ކުރައްވާނެކަމަށް އެ ދުވަހު އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހުގެ ރޭ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ދެމީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭގެތެރެއިން އެ މައްސަލަ ސާބިތުވީ ހ.ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.

މިއަދު އޮންލައިން