މެޗް މެދަށް ހުއްޓައިލިއިރު ރާއްޖެ – ފިލިޕިންސް އެއްވަރު! ރަތް ޓީމު ކަށި ހިތްވަރު ދައްކާލާނެ ވަގުތު އަދިވެސް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
މެޗް މެދަށް ހުއްޓައިލިއިރު ރާއްޖެ – ފިލިޕިންސް އެއްވަރު! ރަތް ޓީމު ކަށި ހިތްވަރު ދައްކާލާނެ ވަގުތު އަދިވެސް އެބައޮތް!

ވޯލްޑްކަޕް ކޮލިފައިންގގައި ގަލޮޅު ދަނޑުގައި ރާއްޖެ އާއި ފިލިޕިންސް ކުޅެމުން ގެންދާ ކޮލިފައިން މެޗް މެދަށް ހުއްޓައިލިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. 0-0 އެވެ.

 

ވީމާ ދިވެހިނެ އެކުލައަކަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ ރަތް ކުލައިގައި ކުޅެމުންދާ ދިވެހި ޤައުމީ ޓީމަށް ކަށި ހިތްވަރު ނެރެ ދައްކާލައިގެން މެޗުން މޮޅުވުމުގެ ފުރުޞަތު އަދިވެސް އެއޮތެވެ.

 

ފިލިޕިންސް ޓީމުގައި ޔޫރަޕުގެ 5 ކުޅުންތެރިއަކު ތިބެމެ ފުރަތަމަ ހާފްގައި ލަނޑެއް ނުޖެހުމަކީ ދިވެހި ޓީމަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ. ފުރަތަމަ ހާފް ގައި ދަގަނޑޭ ވެސް އަރުވާފައެއް ނުވެއެވެ.

މިއަދު އޮންލައިން