އޭއެފްސީ ވިހި އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރާއްޖެ އަތުން ބަލިވުމާ ގުޅިގެން، ދިވެހިންނާ ދިމާކޮށް ބޭއަދަބީކޮށް އުޅުނު ސްރީލަންކާ ޒުވާން ޓީމުގެ ކޯޗު މުހައްމަދު އިމްރާން ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފިއެވެ.
މިޔަންމާގައި ސެޕްޓެމްބަރު މަހު ކުރީކޮޅު ކުޅުނު މި މެޗުގައި ރާއްޖެ އަތުން 4-0 އިން ލަންކާ ބަލިވުމާއެކު، އެ ޓީމުގެ ކޯޗު ވަނީ ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔައި، ދިވެހި ކުޅުންތެރިންނާއި އޮފިޝަލުންނާ ދިމާކޮށް ހަޑިހުތުރު ބަސްތަކުން ވާހަކަ ދައްކާފައެވެ.
މި އަމަލާ ގުޅިގެން އޭޝިޔާގެ ފުޓުބޯޅަ އިދާރާ (އޭއެފްސީ) އިން ވަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައި މިއަދަބުތައް ބަލައި، އެ ކޯޗު 5,000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އޭއެފްސީން މި ފިޔަވަޅު އެޅީ ލަންކާ ފުޓުބޯޅަ ފެޑަރޭޝަނުން ވެސް އޭނާ ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރަން ނިންމާފައިވަނިކޮށެވެ.
ލަންކާ ފެޑަރޭޝަނުން ބުނީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ހުރި ކޯޗެއްގެ ކިބައިން ފެނުނު މިފަދަ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމޫ ނޫން ކަމަށެވެ.
މި މުބާރާތުގައި ލަންކާ ކުޅުނު ތިން މެޗުން ވެސް ބަލިވެ ގްރޫޕުގެ ފުލަށްދިޔައިރު، ރާއްޖެއިން ވަނީ ކޮލިފައިން ބުރުން ޖާގަ ހޯދާފައެވެ.