ބަޖެޓަށް ފައިސާއިތުރު ކުރެވޭނެ ގޮތްތަކަށް އެންމެ ފުރިހަމައަށް ވާހަކަދެއްކެވީ އަނދުން ހުސެއިން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބަޖެޓަށް ފައިސާއިތުރު ކުރެވޭނެ ގޮތްތަކަށް އެންމެ ފުރިހަމައަށް ވާހަކަދެއްކެވީ އަނދުން ހުސެއިން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްބަހުސް ގައި ބަޖެޓަށް ފައިސާއިތުރު ކުރެވޭނެ ގޮތްތަކަށް އެންމެ ފުރިހަމައަށް ވާހަކަދެއްކެވި މެންބަރެއްގެ ގޮތުގައި ފާހަގަކުރެވުނީ އެމްޑިޕީގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އެވެ.

ބަޖެޓަށް އާމްދަނީ އިރުރުކުރެވޭނެ ގޮތްތަކާމެދު ވާހަކަދައްކަވަމުން އަނދުން ހުސެއިން ވިދާޅުވީ ރާއްޖޭގެ ބޭންކުތަކުން ސާފުފައިދާގެގޮތުގައި ސަރުކާރަށް މިހާރު ދައްކާ 30 ޕަސަންޓް 50 ނުވަތަ 55 އަށް އިތުރުކުރަން ޖެހޭ ކަމަށާއި މިރީޖަންގެ ގައިމުތަކުގައި ވެސް ނަގަމުން އަންނަނީ މިއަދަދަށް ކަމަށެވެ.

އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް ޕްރޮގްރެސިވް ޓެކްސް އަކަށް ހަދައި ބޮޑެތި އާމްދަނީ ލިބޭ ކުންފުނިތަކުން މަތީ އަދަދުތަކުން  ޓެކްސް ނެގުމާއި ކޮންމެ ވިޔަފާރީއެއްގައި ރިޓެންޝަން ފައިސާގެ ގޮތުގައި 25 ޕަސަންޓް ބެންކުގައި ބެހެއްޓުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއްގެގޮތުގައި ދެކޭކަމަށެވެ. 

މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ފަހިވާގޮތަށް ބެންކިންގ ސެކްޓާގެ ގާނޫނު ހަދާދޭން ޖެހޭ ކަމަށާއި ރާއްޖޭގެ ބެންކިން ސެކްޓަރަށް ބޭނުންވާ މޯގޭޖް ޑިފޯލްޓްވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެ ޕްރޮޕޮޓީސް އެހެން ވިޔަފާރިވެރިން ނަށް ވިއްކާ އެއަށް ރިފައިނޭންސްކޮށް ދިވެހިރާއްޖޭގެ އެކޮނޮމީ ޓޭކްއޮފްކުރެވޭނެ ގޮތަށް ގާނޫނު ހަދާދޭން ޖެހޭކަމަށް އަނދުން ހުސެއިން ފާހަގަ ކުރެއްވިއެވެ.

މިބަޖެޓަކީ ރާއްޖޭގައި މިހާތަނަށް ތައްޔާރުކުރެވުނު އެންމެ ފުރިހަމަ ބަޖެޓުކަން ފާހަގަކުރައްވައި އަނދުން ހުސެއިން ވިދާޅުވީ އުފާކުރަނީ ދިވެހިރާއްޖެ ލާމަރުކަޒު ކުރުމަށް ވަކާލާތުކުރި އެޕްޑީޕީން ވެރިކަމާހަވާލުވެ މިފަދަ ފުރިހަމަ ބަޖެތަކާއި އެކު ކުރިއަށްދާން ފުރުސަތު ލިބުމުންކަމަށެވެ. 

ބަޖެޓުގެ ފުރިހަމަ ކަމަށްޓަކާ ރައީސް ސޯލިހާއި ފިނޭންސް މިނިސްޓަރަށް އަނދުން ހުސެއިން ވަނީ ޝުކުރުދަންނަވާފައެވެ.

މިއަދު އޮންލައިން