ފްލައިމީ އިން އާ މަތިންދާބޯޓެއް ގެނެސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ފްލައިމީ އިން އާ މަތިންދާބޯޓެއް ގެނެސްފި

ވިލާ އެއާ އިން އޮޕަރޭޓް ކުރާ ފްލައިމީ އިން އާ މަތިންދާބޯޓެއް ރާއްޖެ ގެނެސްފިއެވެ.

މި ބޯޓަކީ އޭޓީއާރު 600-72 ގެ ބޯޓެކެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު ވިދާޅުވީ މި ބޯޓުގެ ސަބަބަުން އެ ކުންފުނިން ދެމުންގެންދާ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ވަރަށް ހަލުއި ކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ. 

މިއީ ފްލައިމީގެ ހަތަރު ވަނަ މަތީންދާ ބޯޓެވެ. ހަތްދިހަ ދެ ސީޓުގެ މި ބޯޓު ދެތިން ދުވަސް ތެރޭގައި ފްލައިމީގެ އުދުހުންތަކުގައި ބޭނުން ކުރަން ފަށާނެ އެވެ.

މިއަދު އޮންލައިން