އިންޓަރ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ޕޮލިސް ޓީމު ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
އިންޓަރ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ޕޮލިސް ޓީމު ހޯދައިފި

ހިންނަވަރު އިޖްތިމާއީ މަރުކަޒުން އިންތިޒާމުކޮށްގެން ހިންނަވަރުގައި ކުރިއަށް ގެންދިޔަ އިންޓަރ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ޕޮލިސް ޓީމު ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ޕޮލިސް ޓީމު ހޯދާފައިވަނީ މި އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިންނަވަރު ފެނަކަ ޓީމާ ވާދަކޮށް ސީދާ 03 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިންނަވަރު ޕޮލިސް ޓީމުގެ ޔޫސުފް އާސިފް އާދަމެވެ.

މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ ހިންނަވަރު ޕޮލިސް ޓީމުގެ ޔޫސުފް އާސިފް އާދަމާއި ފަރުހާދު އިބްރާހިމް ދީދީއާއި، ހިންނަވަރު ފެނަކަ ޓީމްގެ މުޙައްމަދު ފީރޯޒާއި ޙަސަން ވަހީދާއި، ހިންނަވަރު ކައުންސިލް ޓީމުގެ ފިޒާޒު އިސްމާއިލްގެ އިތުރުން ހެލްތް ސެންޓަރ ޓީމްގެ އަބްދުﷲ މުޙައްމަދެވެ

އޮކްޓޯބަރ 15 ން 22 އަށް ހިންނަވަރުގައި ކުރިއަށް ގެންދިޔަ އިންޓަރ އޮފީސް ވޮލީ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތަކީ ހިންނަވަރުގައި ހުރި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށާއި ހިންނަވަރުގައި ވޮލީ ބޯޅަ ކުރިއެރުވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ

މިއަދު އޮންލައިން