އިސްލާމް ދީނުގެ ދިފާޢުގަ ދިވެހިން ތެދުވާނެ: ޑރ. ޖަމީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިސްލާމް ދީނުގެ ދިފާޢުގަ ދިވެހިން ތެދުވާނެ: ޑރ. ޖަމީލް

ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތައް ތަޙްޤީޤްކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ދިވެހި ރައްޔިތުން ބަލައި ނުގަންނާނެ ކަމަށާއި އިސްލާމް ދީނުގެ ދިފާޢުގައި ދިވެހިން ތެދުވާނެ ކަމަށް ކުރީގެ ނައިބްރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. 

ޑރ. ޖަމީލް ވިދާޅުވީ ކޮންމެ ފަހަރަކު ބުރަ މަސައްކަތުން ސަރުކާރު ގެންނަނީ "ހެޔޮ ގޮތް" ހޯދަން ކަމަށާއި އެ ގޮތް އޮތީ އިސްލާމް ދީނުގައި ކަމަށެވެ. 

"ކޮންމެ ފަހަރަކު ބުރަ މަސައްކަތުން ސަރުކާރު ގެންނަނީ “ހެޔޮ ގޮތް" ހޯދަން. އެ ގޮތް އޮތީ އިސްލާމް ދީނުގައި. ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތައް ތަޙްޤީޤްކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ބަލައެއް ނުގަނެވޭނެ. ދީނުގެ ދިފާޢުގައި ދިވެހިން ތެދުވާނެ."

ޑރ. ޖަމީލް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން އެމްޑީއެން އިން ކުރާ މަސައްކަތްތަކުގެ ތެރެއިން އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަސް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ބަލައިދިނުން އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

 

މިއަދު އޮންލައިން