އެހީތެރިވާން ފަންޑެއް ހުޅުވީ ފަންޑަށް ބަރޯސާވެގެން ކަންކަން ކުރާކަށް ނޫން: އަސްލަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އެހީތެރިވާން ފަންޑެއް ހުޅުވީ ފަންޑަށް ބަރޯސާވެގެން ކަންކަން ކުރާކަށް ނޫން: އަސްލަމް

ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެހީތެރިވާނެ ފަންޑެއް ހުޅުވީ ފަންޑަށް ބަރޯސާވެގެން ކަންކަން ކުރަން ނޫން ކަމަށް ޕްލޭނުންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ފަންޑެއް ހުޅުވީ އެހީތެރިވާން ބޭނުން މީހުން ތިބުމުން ހަރުދަނާ އުޞޫލެއްގެ ތެރެއިން އެކަން ކުރެވޭނެ މަގު ފަހިކޮށްދޭން ކަމަށެވެ. އަދި ދިވެހިންނަކީ އަބަދުވެސް މިބާވަތުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި ނަމޫނާ ބައެއް ކަމަށެވެ. 

އަސްލަމް ވިދާޅުވީ ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެކަމަށް ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ. 

އަލިފާނުގެ ހާދިސާ އާއި ގުޅިގެން މީހުން ހުސްކުރި 43 ގޭގައި އަލުން މީހުން ދިރިއުޅެން ފެށުމަށްޓަކައި ބަލަން ޖެހޭ ކަންކަން މިހާރު ވެސް ވަނީ ބަލަން ފަށައިފައެވެ. މިއަދުގެ ބައްދަލުވުމުގައި ބުނީ ތަޅާލަން ޖެހޭ ގެތައް އެނގޭނީ ބެލުންތައް ބަލައި ނިމުމުން ކަމަށެވެ.

މިއަދު އޮންލައިން