މިނިސްޓަރ އަސްލަމް ޑރ. މުޢިއްޒަށް!: މާލޭގަ ކެމިކަލް ގުދަންތައް ހަދަން ނިންމީ ކީވެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މިނިސްޓަރ އަސްލަމް ޑރ. މުޢިއްޒަށް!: މާލޭގަ ކެމިކަލް ގުދަންތައް ހަދަން ނިންމީ ކީވެތޯ؟

މާލޭ އިންޑިސްޓްރިއަލް އައިލަންޑް ޒޯނަކީ ޕެޓްރޯލް ޝެޑްވެސް ހުރި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔޫ ވެހިކަލްތައްވެސް ބަލަހައްޓާ މަރުކަޒާއި ވަރަށް ސަރަހައްދަކަށްވާއިރު އެ ސަރަހައްދަށް ކެމިކަލް ގުދަންތައް ބަދަލުކުރަން ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރަކަށް ހުންނަވައިގެން ޑރ މުޢިއްޒު ނިންމެވީ ކީއްވެގެންކަމާއިމެދު ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ސުވާލު އުފައްދަވައިފިއެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އެއިރު ހުޅުމާލެ އަކީ ބިން އޮތް ސަރަހައްދަކަށްވެފައި ބްރިޖްގެ މަސައްކަތް ވެސް އެއިރު އައީ ނިމެމުން ކަމަށްވާއިރު ހުޅުމާލެއަށް ގުދަންތައް ބަދަލުކުރަން ނުނިންމީ ކީއްވެގެން ކަމާއިމެދު ވެސް ސުވާލު ކުރައްވައިފައެވެ. "ތިލަފުށި ނުވަތަ ގުޅިފަޅަށް ފާލަމެއް ނެތީމާ ގުދަންތައް ބަދަލު ނުކުރި ނަމަވެސް ހުޅުމާލޭގަ ޖާގަ އެބައޮތް." 

އަސްލަމް ވިދާޅުވީ މިވަގުތަކީ ސިޔާސީ ބޭނުންތަކަށްޓަކައި ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށާއި މައްސަލައަށް ހައްލެއް ލިބޭނެ ގޮތަށް މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ އެޕްރިލް މަސް ހައި ތަނުގައި ކެމިކަލް ގުދަންތައް މާލޭ އިންޑަސްޓްރިއަލް އައިލަންޑަށް ބަދަލުކުރަން ނިންނަމައި އެ މަސައްކަތް އެމްޕީއެލް އާއި ހަވާލުކުރިއެވެ. ނަމަވެސް ވެރިކަން ނިމުނު އިރުވެސް އެކަމަށް ކުރި އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ. ނަމަވެސް އަސްލަމް މިއަދު ވަނީ 3 މަސް ދުވަސް ތެރޭގައި ގުދަންތައް ތިލަފުށްޓަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު އޮންލައިން