ކެމިކަލް ގުދަންތައް މާލެތެރެއިން ހުސްކުރަން 3 މަސް ނަގާނެ: މިނިސްޓަރ އަސްލަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ކެމިކަލް ގުދަންތައް މާލެތެރެއިން ހުސްކުރަން 3 މަސް ނަގާނެ: މިނިސްޓަރ އަސްލަމް

މާލެތެރޭގައި ހުރި ކެމިކަލް ގުދަންތައް ހުސްކުރަން 3 މަސް ދުވަސް ނަގާނެ ކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެއީ ތިލަފުށީގައި ގުދަން އަޅައިގެން ކުރަން ޖެހޭ ކަމަކަށްވުމުން މުއްދަތެއް ނަގާނެ ކަމަށެވެ. 

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ އާއި ގުޅިގެން މާލޭގައި ހުރި ގުދަންތަކާއިމެދު ރައްޔިތުންގެ ކަންބޮޑުވުން ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

 

 

މިއަދު އޮންލައިން