ސިފައިންގެ އިންޓަރ ޔުނިޓް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީ/އެސްއެފް ކޮމްބައިން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
ސިފައިންގެ އިންޓަރ ޔުނިޓް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީ/އެސްއެފް ކޮމްބައިން ހޯދައިފި

ސިފައިންގެ އިންޓަރ ޔުނިޓް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީ/އެސްއެފް ކޮމްބައިން ހޯދައިފިއެވެ.

އެ މުއައްސަސާގެ ޔުނިޓްތަކުގެ މެދުގައި ބޭއްވި އިންޓަރ ޔުނިޓް 18 ވަނަ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ ފައިނަލް މެޗުގައި ޕްރެސިޑެންޝަލް ގާޑްސް (ޕީޖީ) 3-1 ސެޓުން ބަލިކޮށްފައެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޑީއެސްސީ/އެސްއެފް ޓީމުގެ ޖާރޒީ ނަންބަރު 10 ސްޓާފް ސާރޖަންޓް އަޙްމަދު ޢަބްދުލްކަރީމް (ލޯންގޭ) އެވެ.

އެކުވެނި އައުޓްޑޯ ވޮލީކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ދީދީއެވެ.

މުބާރާތުގެ ރަނަރަޕް ޓީމާއި ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މިއަދު އޮންލައިން