އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ

ކިޔުމަށް ހޭދަވާނީ 56ސ
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ

500 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށާނެއެވެ.

މިއަހަރުގެ މުބާރާތުގައި 27 ޓީމެއް ވާދަކުރާ އިރު، މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޜަނަށް ބަހާލައިގެންނެވެ. މި މުބާރާތުގެ އަންހެން ޑިވިސަން ކުޅޭ މިއީ ދެވަނަ ފަހަރު ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކާއި ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖް ތަކުންނެވެ.

ސެޕްޓެމްބަރ 12 އިން 27 ގެނިޔަލަށް ބާއްވާ މި މުބާރާތަކީ ހަޔަރ އެޑިއުކޭޝަން ސެކްޓަރއަށް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގެ މެޗުތައް ކުޅެނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑުއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެ ފަހުގެ ޗެމްޕިއަން މެޕްސް ކޮލެޖު ހޯދާފައިވާ އިރު، އަންހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަކީ އެވިޑް ކޮލެޖެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް މެދުކެނޑުމެއްނެތި ބާއްވާ މިއީ ހަތްވަނަ ފަހަރެވެ.

މިއަދު އޮންލައިން