ބަލިވުމުގެ ޒިންމާ ޕެނަލްޓީތަކަށް!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ބަލިވުމުގެ ޒިންމާ ޕެނަލްޓީތަކަށް!

 

ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެއާއި ޗައިނާ ރޭކުޅުނު މެޗުން ރާއްޖެ ބަލިވާންޖެހުނީ ޗައިނާއަށް ދިން ދެ ޕެނަލްޓީގެ ސަބަބުންކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާރޓް ބުނެފިއެވެ.

ގްރޫޕް އޭގެ މި މެޗު ޗައިނާއިން ކާމިޔާބުކުރީ ހީކުރި ވަރަށްވުރެ ތަފާތު ނަތީޖާއެއްދައްކާ 0-5 ލަނޑުންނެވެ.

ޗައިނާއިން ޖެހި 5 ލަނޑުގެ ތެރެއިން 2 ލަނޑުޖަހާފައިވަނީ ފަހު ހާފުގައި ލިބުނު ޕެނަލްޓީންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުވެސް ފަށައިގެން ރާއްޖޭގެ ޓީމުން ކުޅެމުންދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް 62 ވަނަ މިނެޓުގައި ޗައިނާއަށް ދިން ޕެނަލްޓީއާ އެކު ރާއްޖޭގެ ކުޅުން ދަށްވިއެވެ.

މެޗަށްފަހު ކޯޗު ބުނީ މެޗުގެ ނަތީޖާ ގަބޫލުކުރަން ޖެހޭ ކަމަށާއި މިއީ ޗައިނާއަށް ހައްގު މޮޅެއް ކަމަށެވެ.

ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ޗައިނާއަށް ދިން ޕެނަލްޓީއާ ހިސާބުން ކަމަށެވެ. އަދި ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް، ކުޅުންތެރިންގެ މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށް ކޯޗު ވަނީ ބުނެފައެވެ.

ރޭގެ މެޗަކީ ކޮލިފައިންގައި ޗައިނާ ކުޅުނު ފުރަތަމަ މެޗެވެ. އަދި ރާއްޖެ ކުޅުނު ދެވަނަ މެޗެވެ.

ރާއްޖެ ކުޅުނު މެޗު ގުއާމް އާއެކު ކުޅެ ވަނީ ކާމިޔާބުކޮށްފައެވެ.

ޗައިނާ އާއި ދެކޮޅަށް ރާއްޖެއިން މިހާތަނަށް ވަނީ 5 މެޗު ކުޅެފައެވެ. މި 5 މެޗުވެސް ކާމިޔާބުކޮށްފައިވަނީ ޗައިނާއެވެ.

މިއަދު އޮންލައިން