ބައްސާމަށް: އިސްތިޢުފާދީ!- މަޚްލޫފަށް: ފައިސާ ކޮޅު ހާލުގަ ތިބި ނިކަމެތިންނަށް ބަހާލަދީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ބައްސާމަށް: އިސްތިޢުފާދީ!- މަޚްލޫފަށް: ފައިސާ ކޮޅު ހާލުގަ ތިބި ނިކަމެތިންނަށް ބަހާލަދީ!

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗް ބަލަން ދިއަ ގިނަ ބައަކު ވަނީ އެފްއޭއެމްގެ ޗެއާމަން ބައްސާމް ޢަދީލް ޖަލީލުގެ އިސްތިޢުފާއަށް ގޮވައިފައެވެ.

އަމިއްލަ ދަނޑުގައި ޗައިނާ އާއި ދެކޮޅަށް ރޭ ކުލުނު މެޗުގައި 5 ލަނޑުގެ ތަފާތަކުން ޗައިނާ މޮޅުވުމުން ދިވެހި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތް ހަމަނުޖެހިފައެވެ.

މެޗް ނިމުމާއިއެކު ޔޫތް މިނިސްޓަރު އަޙްމަދު މަޚްލޫފަށްވެސް ވަނީ ގިނަ ބައަކު މައްސަލަތައް އަމާޒުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ގިނަ ބައަކު ބުނަމުން ދިއައީ މެޗުން ދެރަ ނުވެއްޖެ ނަމަ ޓީމުގެ ކުޅުންތެރިންނަށް ބަހަން ބުނި ފައިސާ، ހާލުގައި ޖެހިފއި ތިބި ނިކަމެތިންނަށް ބަހައިލުމަށެވެ.

ބައެއް މީހުން ބުނީ ދިވެހި ޤައުމީ ޓިމު މޮޅުވަން އެދޭ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ގިނަ ބައަކު ޞިއްހީ ޚިދުމަތަށްވެސް ސަލާން ޖަހަމުންދާއިރު ބަހަން ނުޖެހޭ އެހައި ގިނަ އަދަދެއްގެ ފައިސާ (2 މިލިއަނެއްހައި ރުފިޔާ) ބަހާލަން ހުށަހެލިކަން އެއީ ނިކަމެތިންގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމަށެވެ. މިހާރު އެ ފައިސާ ބަހަން ނުޖެހޭނެ ކަމަށާއި އަވަހަށް ނިކަމެތިންނަށް ބަހައިލުމަށެވެ.

މިއަދު އޮންލައިން