މާދަމާރޭ ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗުގެ ހުރިހާ ޓިކެޓެއް ހުސްވެއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
މާދަމާރޭ ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗުގެ ހުރިހާ ޓިކެޓެއް ހުސްވެއްޖެ

 

މާދަމާރޭ ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެއްޖެއެވެ.

ވަރލްޑްކަޕް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރާ ފުޓްބޯޅަ މެޗުގެ އޮންނާނީ މާދަމާރޭ 20:00 ގައި ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.

މި މެޗުގެ ޓިކެޓް ވިކި ހުސްވީ ޓިކެޓް ވިއްކަން ފެށިތާ ގާތްގަދަކަށް 4 ގަޑިއެއްހާ އިރުގެތެރޭގައެވެ.

މިމެޗަށް ވިއްކާފައިވަނީ 3500 ޓިކެޓެވެ. އެއީ ރާއްޖޭގެ ސަޕޯޓަރުންނަށް 2090 ޓިކެޓު އަދި ބާކީ ޗައިނާ ޓީމުގެ ސަޕޯޓަރުންނަށެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުގެ ސިޑިބަރިތައް މަރާމާތަށް ބަންދުކޮށްފައިވާތީ ޓިކެޓުގެ އަގު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ސިޑި ބަރީގެ ޓިކެޓް ވިއްކާފައިވަނީ 100 ރުފިޔާ އަށެވެ. އަދި ގޮނޑި ބަރީގެ ޓިކެޓުތައް ވިއްކާފައިވަނީ 150 ރުފިޔާއަށެވެ.

މިއަދު އޮންލައިން