ހުރިހާ މަޝްރޫއުތަކަށް ބޭނުންވާ ހުރިހާ ފައިސާއެއް ބަޖެޓުގައި ނެތް ނަމަވެސް ރައީސް ޞާލިޙްގެ ވައުދުތައް ފުއްދާނަން!: އަސްލަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހުރިހާ މަޝްރޫއުތަކަށް ބޭނުންވާ ހުރިހާ ފައިސާއެއް ބަޖެޓުގައި ނެތް ނަމަވެސް ރައީސް ޞާލިޙްގެ ވައުދުތައް ފުއްދާނަން!: އަސްލަމް

ހުރިހާ މަޝްރޫއުތަކަށް ބޭނުންވާ ހުރިހާ ފައިސާއެއް ބަޖެޓުގައި ނެތް ނަމަވެސް ރައީސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުތައް ފުއްދަވާނެ ކަމަށާއި ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ހުރިހާ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި އަސްލަމް މިއަދު ވިދާޅުވީ މިއަހަރު ސޮއިކުރި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަކީ މިއަހަރު ނިމޭނެ މަޝްރޫޢުތަކެއް ނޫން ކަމަށާއި އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެންވެސް ފައިސާގެ މައްސަލަތައް ހަމަޖެއްސޭނެ ކަމަށެވެ.

"ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ހުރިހާ ފައިސާއެއް މިއަހަރުގެ ބަޖެޓަކު ނެތް. އެއީ މައްސަލައެއް ނޫން. މަދުވާބައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެންވެސް ކުރިއަށް ގެންދެވޭނެ. ވީމާ މިއަހަރަށް ކަނޑައަޅާފައިވާ އެއްވެސް މަޝްރޫޢެއް ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް" ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވަނީ ބަނދަރު ހަދަން ކުރެހުން ހަދައި ހުށަހެޅުމުގެ ބަދަލުގައި ބަނދަރުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އަސްލަމް ވިދާޅުވީ އެއިރުން ބަނދަރު ޕްލޭންކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން