ފަންސާސް މީޓަރު ބެކްސްޓްރޯކް ޤައުމީ ރެކޯޑު އައުކޮށްފި

ކިޔުމަށް ހޭދަވާނީ 49ސ
ފަންސާސް މީޓަރު ބެކްސްޓްރޯކް ޤައުމީ ރެކޯޑު އައުކޮށްފި

ފިރިހެނުންގެ (ލޯންގ ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.

މި ރެކޯޑު އައުކުރީ ހަންގޭރީގައި މި އޮގަސްޓް މަހުގެ 18 ން 25 ށް ކުރިއަށްދާ 7 ވަނަ ފީނާ ވަރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ޢަލީ އިމްޢާން އެވެ.

އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 00:30.86 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް ކުރިން އޮތީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 00:31.95 އިން ރޭސް ފުރިހަމަ ކޮށްގެން ޙުސައިން ހާއިޝް ޙަސަން އަތުގައެވެ.

7 ވަނަ ފީނާ ވަރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ޢަލީ އިމްޢާން، ޙުސެއިން ހާއިޝް ޙަސަން އަދި ހަމްނާ އަޙްމަދެވެ.

ޓީމާއި ޙަވާލުވެ މުބާރާތުގެ ކޯޗެއްގެ ގޮތުގައި ދިޔައީ ޤައުމީ ހެޑްކޯޗު އިބްރާހިމް މޫސާ އެވެ.

މިއަދު އޮންލައިން