އަޙްމަދު ޢަބްދުލްކަރީމްގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން ޝީލްޑް ރައީސް ޞާލިޙް ޙަވާލުކޮށް ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އަޙްމަދު ޢަބްދުލްކަރީމްގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން ޝީލްޑް ރައީސް ޞާލިޙް ޙަވާލުކޮށް ދެއްވައިފި

މިރޭގެ މެޗަށްފަހު ޤައުމީ ޓީމުގެ ކުޅުންތެރިޔާ އަޙްމަދު ޢަބްދުލްކަރީމް ކުޅުން ހުއްޓައިލަން ނިންމާފައިވާތީ އޭނާގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުން ދިން ޝީލްޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޭނާ އާއި ޙަވާލުކޮށްދެއްވައިފިއެވެ.  

ރައީސުލްޖުމްހޫރިއްޔާ، އަހްމަދު ޢަބްދުލްކަރީމް ޝީލްޑް ޙަވާލުކޮށްދެއްވީ މިރޭ ސޯޝަލް ސެންޓަރުގައި ކުޅުނު ރާއްޖެ -ލަންކާ އެކުވެރިކަމުގެ ވޮލީ މެޗަށްފަހުއެވެ. 

މިކަމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިމިގެންދިއަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަހްމަދު ޢަބްދުލްކަރީމް ބޭނުން ކުރި ޖާޖީގައި ސޮއިކޮށްދެއްވައިފައެވެ.

އަޙްމަދު ޢަބްދުލްކަރީމް ވަނީ ވޮލީ ކުޅުމުގެ އިތުރުން ރާއްޖޭގައި ވޮލީ ބޯޅަ ކުރިއަރުވަން ހިލޭ ސާބަހަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.

 

 

މިއަދު އޮންލައިން