ވަރުގަދަ ލަންކާގެ މައްޗަށް ރާއްޖެއިން ކުރިހޯދޭގޮތެއް ނުވި..

ކިޔުމަށް ހޭދަވާނީ 1މ 13ސ
ވަރުގަދަ ލަންކާގެ މައްޗަށް ރާއްޖެއިން ކުރިހޯދޭގޮތެއް ނުވި..

ދިވެހިރާއްޖެ އާއި ސްރީލަންކާގެ ޤައުމީ ވޮލީ ޓީމު ބައްދަލުކުރި މެޗު ފަހަތުންއަރާ ލަންކާއިން ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ފުރަތަމަ ސެޓު ރާއްޖެއިން ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު 25، 20ންނެވެ. މި ސެޓުގައި ދެޓީމުންވެސް ވަނީ ވާދަވެރި ރެލީއެއް ފެނިގެންގޮސްފައެވެ.

އެހެންނަމަވެސް ދެންކުޅުނު ދެ ސެޓުގައި ރާއްޖޭގެ ޓީމަށް ލަންކާގެ ބާރު ޝޮޓުތައް މައިތިރިކުރެވޭގޮތް ނުވިއިރު، މިސެޓު ލަންކާއިން ގެންދިޔައީ 25، 15ންނެވެ. އަދި ތިންވަނަ ސެޓު ލަންކާއިން ގެންދިޔައީ 25، 16ންނެވެ.

- ސްރީލަންކާގެ ޤައުމީ ވޮލީ ޓީމު

ޝޯސަލް ސެންޓަރުގެ އެޔެރޭ ކޯޓުގައި ކުޅުނު މި މެޗުގެ 4 ވަނަ ސެޓުގައި ރާއްޖެއިންވަނީ ލަންކާގެ ގިނަ ހަމަލާތަކެއް މަތަކޮށް، ސްކޯރގެ ފަރަގުވެސް ދެތިން ފަހަރެއްގެމަތިން ހަމަކޮށްފައެވެ. މިސެޓު ލަންކާއިން ގެންދިޔައީ 25، 23ންްނެވެ.

ރާއްޖޭ އާއި ލަންކާގެ ޤައުމީ ވޮލީ ޓީމު ކުޅުނު ރަޙްމަތްތެރިކަމުގެ މި މެޗަކީ ރާއްޖޭގެ ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފުގެ ދަޢުވަތަކަށް ލަންކާ ޓީމު ރާއްޖެއައިސް ކުޅުނު މެޗެކެވެ. 

މި މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަޑައިގެންނެވިއެވެ.

މީގެއިތުރުން ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާވެސް ވަޑައިގަތެވެ. ނަމަވެސް މާރިޔާ ހުންނެވީ ދިވެހި ސަޕޯޓަރުންނާއެކު ކުޅިބަލާ ސަރަހައްދުގައެވެ.

މިއަދު އޮންލައިން