ފައިނަލްގެ ދެވަނަ ޖާގަ މާފުށީ ޖަލުން ޓީމް ކަށަވަރުކޮށްފި

ކިޔުމަށް ހޭދަވާނީ 35ސ
ފައިނަލްގެ ދެވަނަ ޖާގަ މާފުށީ ޖަލުން ޓީމް ކަށަވަރުކޮށްފި

ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019 ގެ ފައިނަލްގެ ދެވަނަ ޖާގަ މާފުށީޖަލުން ކަށަވަރުކޮށްފި އެވެ.

މާފުށީ ޖަލާ އީއެސްޖީ ބައްދަލު ކުރި މެޗު މާފުށީ ޖަލުން ވަނީ 6 0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފަ އެވެ. މި މެޗަށްފަހު އީއެސްޖީ އިން  މި ވަނީ މުބާރާތާ އަލްވަދާއު ކިޔައިފަ އެވެ.

މުބާރާތުގެ ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 9 ވާ ހުކުރު ދުވަހު ހެނދުނު މާފަންނު ޓާފް ދަނޑުގަ އެވެ. މި މެޗުގައި ބައްދަލު ކުރާނީ ޓީމް އެޗްކިޔު އަދި މާފުށީ ޖަލެގެ ޓީމް އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާފުށީ ޖަލު ޓީމުގެ ޖާރޒީ ނަންބަރު 23 މުހައްމަދު އައިމަން އެވެ.

މިއަދު އޮންލައިން