މާޒިޔާއިން ފާސްޓް ކިކް ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
މާޒިޔާއިން ފާސްޓް ކިކް ބަލިކޮށްފި

 

އިންޓަރނޭޝަނަލް ކަޕް އޮފް ޖޯއިގައި ރާއްޖޭގެ މާޒިޔާ، އިންޑިއާގެ ފާސްޓް ކިކް ބަލިކޮށްފިއެވެ.

އިންޑިއާގެ ޗެންނާއީގައި މިހާރުކުރިއަށްދާ މި މުބާރާތުގައި މާޒިޔާއިން ފާސްޓް ކިކް ބަލިކުރީ 6-0-6ގެ ތަފާތު ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާގެ ޔޫޝައު އާއި އިޔާން ދެ ގޯލް ވަނީ ޖަހައިދީފައެވެ. އަދި އުވައިޝް އާއި ލިޔާޒު ވަނީ ކޮންމެ ކުޅުންތެރިޔަކު ވަނީ އެއްގޯލް ޖަހައިދީފައެވެ.

މި މުބާރާތުގައި މާޒިޔާ މިއަދު ނުކުންނާނީ ސްޕޯޓްސް ނޭޝަންސް ޓީމް އާއި ދެކޮޅަށެވެ.

14 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބާއްވާ މި މުބާރާތަކީ އެޤައުމުގެ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ

-- 

މިއަދު އޮންލައިން