އަނަންތަރާ އިން އަމިއްލަފުށި ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 40ސ
އަނަންތަރާ އިން އަމިއްލަފުށި ބަލިކޮށްފި

އޭދަފުށީގައި މިހާރުމުރިއަށްދާ ލެވިސްތާ އިންޓަރ ރިސޯޓު ފުޓްބޯޅަ މުބާރާތުގައި އިއްޔެކުޅުނު މެޗު އަމިއްލަފުށިން ކާމިޔާބުކޮށްފިއެވެ.

މި މެޗު ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ. 

އޭދަފުށި ޓަރފް ފުޓަބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި 12 ވަނަ މިނެޓުގައި އަނަންތަރާގެ ފުރަތަމަ ލަނޑު ޙުސައިން ޙަންނާނު ޖެހި އިރު، އޭގެ 3 މިނެޓުފަހުން ޙުސައިން ނަޒީހުވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްދީފައެވެ.

އަނަންތަރާގެ 3 ވަނަ ލަނޑު މެޗު ނިމެންގާތްވެފައިވަނިކޮށް އިސްމާޢިލް ޝާކިރު ޖެހި އިރު، އަމިއްލަފުށީގެ ހަމައެކަނި ލަނޑު 29 ވަނަ މިނެޓުގައި ޖެހީ އިޖާޒު ޢީސާފުޅެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދީ އަނަންތަރާގެ އަޙްމަދު އަޝްރަފް ޔޫސުފެވެ.  

މި މުބާރާތުގައި މިއަދު ބައްދަލުކުރާނީ ސޮނެވާފުއްޓާއި ރޯޔަލް އައިލެންޑެވެ.

މިއަދު އޮންލައިން