މުޢީނާ، ނަޝްފާން އަދި ނަޝީދު ޓީޓީ ކުޅުން ހުއްޓާލައިފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
މުޢީނާ، ނަޝްފާން އަދި ނަޝީދު ޓީޓީ ކުޅުން ހުއްޓާލައިފި

ދިވެހިރާއްޖެއަށް ޓީޓީން ބައިނަލްއަޤުވާމީ އެންމެބޮޑު ކާމިޔާބެއް  މިހާތަނަށް ހޯދައިދިނުމުގައި އެހީތެރިވެދިން 3 ކުޅުންތެރިންކަމަށްވާ ތަޖުތިބާކާރު ޓީޓީ ކުޅުންތެރިޔާ މުޢީނާ މުޙައްމަދާއި އައިއޯއައިޖީ ޓީމުގައި ބައިވެރިވި ނަޝްފާން އަދި ނަޝީދު ޓީޓީ ކުޅުން ހުއްޓާލައިފިއެވެ.

އެ ތިން ކުޅުންތެރިން ޓީޓީކުޅުން ހުއްޓާލީ މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިސްޓީމް އިވެންޓުން ރާއްޖޭގެ ޓީމު ރަން މެޑަލް ހޯދުމުގައާއި އެ ކެޓަގަރީގެ ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްދިނުމަށްފަހުއެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން މިކާމިޔާބީ ހޯދި އިރު އެ ކެޓަގަރީގެ ތިން އިވެންޓަކުން އެ އަންހެން ހަތަރު ކުޅުންތެރިން 5 މެޑެލް ހޯދި އިރު، އޭގެތެރޭގައި ތިން ރަން މެޑަލް ހިމެނެއެވެ.

ރާއްޖެއަށް މިފަޚުރުވެރި ކާމިޔާބީ ހޯދައިދިނުމަށްފަހު، ޓީޓީ ރެކެޓުން އަތްދޫކޮށްލަން މި ތިންކުޅުންތެރިން ނިންމާފައިވާ އިރު، މިއީ ޓީޓީއަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނަމަވެސް ޢުމުރުގެ ހަގު ކަމާއެކު ދީމާ އަދި ރަފާ އެހޯދި ކާމިޔާބީގެ ސަބަބުން ރާއްޖޭގައި ޓީޓީގެ ތަރިން އަރަމުން އަންނަކަމީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ބޭނުންވަނީ ދިގު މުއްދަތަކަށް ތަމްރީނާއި ތަޢުލީމުދީ އެފަދަތަރިންގެ ވިދުން ގަދަ ކުރުމެވެ.

 
މިއަދު އޮންލައިން