ޖޭ.އީ ވިލްސަން ގާނާ އިންޓަރނޭޝަނަލް ސީރީޒްގައި ރާއްޖެއިން ބައިވެރިވި ފުލުހަކު ލޯ މެޑަލް ހޯދައިފި

ކިޔުމަށް ހޭދަވާނީ 31ސ
ޖޭ.އީ ވިލްސަން ގާނާ އިންޓަރނޭޝަނަލް ސީރީޒްގައި ރާއްޖެއިން ބައިވެރިވި ފުލުހަކު ލޯ މެޑަލް ހޯދައިފި

ގާނާގެ އެކްރާ ސިޓީގައި ބޭއްވި ޖޭ.އީ ވިލްސަން ގާނާ އިންޓަރނޭޝަނަލް ސީރީޒްގެ ފިރިހެން ޑަބަލްސް ބައިގައި ރާއްޖެއިން ބައިވެރިވި ޕެއަރ ލޯ މެޑަލް  ހޯދައިފިއެވެ.

ދުނިޔޭގެ ބެޑްމިންޓަން ފެޑަރޭޝަން (ބީޑަބްލިއުއެފް) އިން ޖުލައި 18އިން 21އަށް ގާނާގައި ކުރިއަށް ގެންދިޔަ ޖޭ.އީ ވިލްސަން ގާނާ އިންޓަރނޭޝަނަލް ސީރީޒްގެ ޑަބަލްސް އިވެންޓް ގައި ބައިވެރިވެފައިވަނީ ޕޮލިސް ލާންސް ކޯޕްރަލް އަހްމަދު ޠާއިފާއި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީއެވެ.

މި މުބާރާތުގައި 27 ގައުމަކުން 101 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

މިއަދު އޮންލައިން