ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ރަސްމީކޮށް ދިދައާއި ޙަވާލުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 30ސ
ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ރަސްމީކޮށް ދިދައާއި ޙަވާލުވެއްޖެ

ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ރަސްމީކޮށް ދިދައާއި ޙަވާލުވެ، ޤަރާރު އިއްވައިފިއެވެ.

މޮރިޝަސްގައި ބޭއްވި 19 ވަނަ އައިއޯއައިޖީ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ދިދައާއި ޙަވާލުވެ، ޤަރާރު އިއްވަވައިދެއްވީ ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފެވެ.

މޮރިޝަސްގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާލެން ވިލަޕޫރޭގެ އަތްޕުޅުން ރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރްޒޫޤުގެ އަތްޕުޅަށް ދިދަ އެރުވުމުން މަޚްލޫފްގެ އަތްޕުޅަށް ދިދަ އެރުވީ މަރުޒޫޤެވެ.

ރާއްޖޭގައި ބާއްވާ އައިއޯއައިޖީގައި ބައިވެރިވުމަށް ހުރިހާ ޤައުމުތަކަށް ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ފަރާތްޕުޅުން، ޔޫތް މިނިސްޓަރ މަޚްލޫފް ވަނީ ދަޢުވަތު އަރުވާފައެވެ.

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ފުރުޞަތު ލިބުނީ މަޑަގަސްކަރައާއި ކޮމޮރޯސް އާއިވާދަކޮށެވެ.

ރާއްޖޭގައި އައިއޯއައިޖީ ބާއްވާ އިރު، މިއީ ރާއްޖޭގައި ބާއްވާ އެންމެބޮޑު ކުޅިވަރު އިވެންޓަށްވާނެއެވެ.

މިއަހަރުގެ އައިއޯއައިޖީގައި ބައިވެރިވި ރާއްޖޭގެ އެތްލީޓުން އެނބުރި ރާއްޖެ އަންނާނީ މާދަމާ ހަވީރުއެވެ. އެތްލީޓުންނަށް މަރުޙަބާ ކިޔުމަށް ޚާއްޞަ ހަރަކާތްތަކެއް ރާވާފައިވާ އިރު، ޔޫތް މިނިސްޓަރ ވަނީ ވީހާވެސް ގިނަބަޔަކު އެތްލީޓުންނަށް މަރުޙަބާކިޔުމަށް ޖުމްހޫރީ މައިދާނަށް ދިއުމަށް އެދިވަޑައިގެންފައެވެ.

 

މިއަދު އޮންލައިން