މުލި އެޓޯލް އެޑިއުކޭޝަން ސެންޓަރުގައި ކިޔަވާ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނަށް މަޢުލޫމާތު ސެޝަންތަކެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 38ސ
މުލި އެޓޯލް އެޑިއުކޭޝަން ސެންޓަރުގައި ކިޔަވާ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނަށް މަޢުލޫމާތު ސެޝަންތަކެއް ބާއްވައިފި

2019 ވަނަ އަހަރުގެ ޖޫން މަހުގެ 27 އިން 29 އަށް މ. މުލި އެޓޯލް އެޑިއުކޭޝަން ސެންޓަރުން ކުރިޔަށް ގެންދިޔަ "ހިއުމަން ރައިޓްސް ވީކް"ގައި ސްކޫލުގެ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މަޢުލޫމާތު ސެޝަންތަކެއް ނަގައިދީފިއެވެ.

މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ބެލެނިވެރިންނާއި ދަރިވަރުން އިންސާނީ ޙައްޤުތަކަށް އަހުލުވެރިކުރުވުމެވެ. މިގޮތުން ބެލެނިވެރިނަނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ސެޝަނުގައި ހަނގާކުރުން ހުއްޓުވުމާއި ކުޑަކުދިންގެ ޙައްޤުތަކާއި އަދި ކުޑަކުދިންނާ ދޭތެރޭ ވެވޭ އިހުމާލާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. ދަރިވަރުންނަށް ނަގައިދީފައިވާ ސެޝަނުގައި ހަނގާކުރުން ހުއްޓުވުމާއި ރޯލް އޮފް ޔަންގް ޑިފެންޑާރސްއާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން