ބްރޯޑްކޮމް ގެ މެމްބަރުން ވަކިވަކިން ހާޒިރުކޮށް މައްސަލަތައް ބަލަނީ

ކިޔުމަށް ހޭދަވާނީ 1މ 19ސ
ބްރޯޑްކޮމް ގެ މެމްބަރުން ވަކިވަކިން ހާޒިރުކޮށް މައްސަލަތައް ބަލަނީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބްރޯޑްކޮމް) ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަކިވަކިން ޙާޒިރުކޮށް އެ ކޮމިޝަނާ ގުޅުންހުރި މައްސަލަތަކެއް ބަލަން ފަށައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައިވަނީ ބްރޯޑްކޮމްގެ މެންބަރުން ކޮމިޓީއަށް މިއަދު ޙާޒިރުކޮށް ވަކިވަކިން މެންބަރުންނާއި ސުވާލުކުރަން ނިންމާފައެވެ. އަދި އެކަމަށްޓަކައި ވަނީ ކުޑަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.

މިއަދު ވަނީ ބްރޯޑްކޮމްގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކުޑަ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ. ނަމަވެސް މެންބަރުންނާއި ގުޅުން ހުރި ވަރަށް ޙައްސާސް މައްސަލަތަކެއް ބައްލަވާތީކަމަށް ބުނެ ކޮމިޓީގެ ބައްދަލުވުން ވަނީ މީޑިއާއަށް ސިއްރުކޮށްފައެވެ. ކޮމިޓީއަށް އެންމެ ފުރަތަމަ ޙާޒިރުކޮށްފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބުއެވެ.

މިނިވަން މުއައްސަސާތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން ޙާޒިރުކޮށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައިވަނީ އެކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އިސްމާޢީލް ސޮފްވާނާއި މިހާރުގެ ނާއިބު ރައީސް ފާޠިމަތު ޒައިނާ އެކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށައަޅަން ނިންމާފައެވެ. ނަމަވެސް ކޮމިޓީން މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހުށައެޅުމުގެ ކުރިން ސޮފްވާން ވަނީ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ. އަދި އޭގެ ފަހުން އެކޮމިޝަންގެ މެންބަރު ޙަސަން ނަބާހުވެސް ވަނީ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.

މިއަދު އޮންލައިން