ޖޭޕީގެ ގިނަ ބައަކު ޢަލީ ވަޙީދާ ކުރަން ބޭނުންވާ ސުވާލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޖޭޕީގެ ގިނަ ބައަކު ޢަލީ ވަޙީދާ ކުރަން ބޭނުންވާ ސުވާލެއް!

"ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ކެންޕޭނަށް މާމިގިލިގައި ބޭއްވި ޖަލްސާގައި ޢަލީ ވަޙީދު ވަނީ ޤާސިމް އިބްރާހީމްގެ ވަރަށް ގިނަ ރަނގަޅު ސިފަފުޅުތައް ފާހަގަކުރައްވައި ތައްރީފް ކުރައްވައިފައެވެ. ސިޔާސީ ކަންކަމުގެ އިތުރުން ޢާއިލާގެ ކަންކަމުގައިވެސް އަދި ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ވެސް ނަމޫނާ "ރޯލްމޮޑެލް"އެއް ކަމަށް ވެސް ވިދާޅުވެ ޤާސިމް އިބްރާހީމަށް ތައުރީފް ކުރެއްވީމު ނޫންތޯއެވެ؟ 

ދެން ކުއްލިއަކަށް ހިންނަވަރުގައި ބޭއްވި ޖީހާންގެ ކެންޕޭނު ބަދަލުވުމުގައި ޤާސިމް އިބްރާހީމް އެ އެވަރަށް ކުށްވެރި ކުރެއްވީ މާމިގިލިގައި ބޭއްވި ބައްދަލުވުމާއި ހިންނަވަރު ބައްދަލުވުމާއި ދެމެދު ޤާސިމް އިބްރާހީމް ކުއްލިއަކަށް އިތުރަށް ކޮން ކުށްތަކެއް ކުރައްވައިގެންތޯ ވިދާޅުވެ ދެއްވަފާނަންތޯއެވެ؟"  

މިއީ ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަހީދާއި މުޢާމަލާތު ކުރުމުގައި މިހާރު ދަތިތަކެއް އެބަހުރި ކަމަށް ވިދާޅުވެ މިއަދުނޫސް މެދުވެރިކޮށް ޢަލީ ވަޙީދާއި ކުރަން ބޭނުންވެގެން ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން މިއަދުނޫހަށް ފޮނުވާފައިވާ ސުވާލެކެވެ.

މިއަދު އޮންލައިން