އަންނަ މަހުގެ 8 އިން ފެށިގެން ހޯލްސޭލް/ރީޓެލް އަދި އެއަރލައިން އޭޖެންސީގެ ޚިދުމަތްތައް ދެވޭނީ ހަމައެކަނި ދިވެހިންނަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
އަންނަ މަހުގެ 8 އިން ފެށިގެން ހޯލްސޭލް/ރީޓެލް އަދި އެއަރލައިން އޭޖެންސީގެ ޚިދުމަތްތައް ދެވޭނީ ހަމައެކަނި ދިވެހިންނަށް!

އަންނަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހޯލްސޭލް އަދި ރީޓެލް ވިޔަފާރީގެ އިތުރުން އެއަރލައިން އޭޖެންސީގެ ޚިދުމަތްތައް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އިޤްތިޞާދީ ވުޒާރާއިން ގެނައި މި ބަދަލާއެކު، ރާއްޖޭގައި މި ދާއިރާތަކުގައި މިހާރު ހަރަކާތްތެރިވަމުންދާ ބޭރުގެ ކަމާގުޅޭ ހުރިހާ ވިޔަފާރިތަކުން އެ ޚިދުމަތްތައް ދިނުން ހުއްޓާލަން ލާޒިމުވާނެއެވެ. މިއީ ރާއްޖޭގެ ވިޔަފާރީގެ މާޙައުލުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޓްރާންސިޝަން މަރުޙަލާއާ ގުޅިގެން މުޢާމަލާތް ނުކުރެވުނު ބޭރުގެ 8 ކުންފުންޏެއްގެ ނަން އިޤްތިޞާދީ ވުޒާރާއިން މިހާރު ވަނީ ޢާންމުކޮށްފައެވެ. އަދި އައު ފޮރިން އިންވެސްޓްމަންޓް އުސޫލުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިތަކަށް ވަނީ އަންގާފައެވެ.

މި ބަދަލުގެ ސަބަބުން ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަމާއި އެވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މިއަދު އޮންލައިން