މި ޤައުމުގައި އިސްލާމް ދީނާއި ކުޅުމަކީ ހަމަ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު އަޙްމްދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.
އަޙްމަދުﷲ ވިދާޅުވީ އެމްޑީޕީއަކުންވެސް، އަދާލަތު، އަދި ޕީޕީއެމް އާއި ޖޭޕީ އަދި އެހެން ބައަކަށްވެސް އެކަމެއް (އިސްލާމް ދީނާއި ކުޅުމަކީ) ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ޤައުމުގައި މިއޮތް (ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ) ސަރުކާރަކީ މި ޤައުމުގެ ދިނާއި ޤައުމީ ވަންތަކަން ހިމާޔަތް ކުރާނެ ސަރުކާރެއް ކަމަށެވެ.
އަޙްމަދުﷲ ގެ މި ވާހަކަފުޅުން އެނގިގެންދަނީ އިސްލާމް ދިނަށް ފައުޅުގައި ގޮންޖަހައި ފުރައްސާރަކޮށް އަދި ދީނީ މިނިވަންކަމަށް ގޮވާލާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައި އެކަންކަން ކުރުން ހުއްޓުވާނެކަން ކަމުގައި ފާހަގަކުރެވެއެވެ.
"މި ޤައުމުގަ އިސްލާމް ދީނާއި ކުޅުމަކީ ހަމަ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެމްޑީޕީއަކުންވެސް، އަދާލަތު، އަދި ކީއް، ޕީޕީއެމް ޖޭޕީ އަދި އެހެން ބައަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. މި ޤައުމުގައި މިއޮތް ސަރުކާރަކީ މި ޤައުމުގެ ދިނާއި ޤައުމީ ވަންތަކަން ހިމާޔަތް ކުރާނެ ސަރުކާރެކެވެ. އިން ޝާ ﷲ!"