ފިޒިއޮތެރަޕީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލްގައި ދޭން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ފިޒިއޮތެރަޕީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލްގައި ދޭން ފަށައިފި

ރާއްޖޭގެ އެންމެ އަގު ބޮޑު އަދި އެންމެ އުސް އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ވެސް ބަދަލުކުރީ އައިޖީއެމްއެޗުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓެވެ. މި ޚިދުމަތް މިދިޔަ މަހުގެ 30 އިން ފެށިގެން ދެމުން އަންނަނީ އެއިމާރާތުގެ ހަތަރު ވަނަ ފްލޯގަ އެވެ. 

މީގެ އިތުރުން އެހެން ޚިދުމަތް ތައްވެސް މި ހޮސްޕިޓަލަށް ބަދަލުކުރަން ވަނީ ހަމަޖެހިފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަކީ ސިއްހީ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށް ޖޫން، 5، 2016 ގައި މަސައްކަތް ފެށި އިމާރާތެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލް މި މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވަން ވަނީ ނިންމާފައެވެ.

 

މިއަދު އޮންލައިން