އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން އެޗްއާރްސީއެމް އިން އިލްތިމާސް ކޮށްފި!

ކިޔުމަށް ހޭދަވާނީ 55ސ
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން އެޗްއާރްސީއެމް އިން އިލްތިމާސް ކޮށްފި!

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނަތީޖާއަށް އިހްތިރާމް ކުރުމަށާއި ޤައުމުގެ ސަުލްހަ މަސަލަސްކަން ގެއްލިދާނެ ގޮތަކަށް އެެއްވެސް އަމަލެއް ނުކުރަން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފި އެވެ.

 

އެކޮމިޝަނުން ރޭ ނެރުނު ބާޔާނެއްގައި ބުނެފައިވަނީ، މަޖިލިސް އިންތިހާބަކީ ގާނޫނު އަސާސީ އާއި އިންތިހާބާއިބެހޭ ގާނޫނާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާން ކޮށްފައިވާ ފަދައިން މިނިވަން އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކުރުމަށްޓަކައި ވޯޓު ލުން ކުރިއަށް ގެންދިޔަ 20 ސަރަހަދެއްގައި އެޗްއާރްސީއެމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

 

މީގެއިތުރުން އެޗްއާރްސީއެމުން ބުނީ، ވޯޓު ލުން ކުރިއަށް ދިޔުމުގެ ތެރޭގައި އެކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކާއި، އެކޮމިޝަނަށް ފާހަގަ ކުރެވުނު ކަންތަށް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިގެން ހައްލުކޮށްފައިވާ ކަމަށާއި އެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަމާންކަމާއި އެކުގައި ކަމަށެވެ.

މިއަދު އޮންލައިން