ޢަބްދުﷲ ރިޔާޟް ތިމަރަފުށީ ދާއިރާގެ ރަންގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު- "މިއީ ހަޔާތުގަ ލިބުނު އެންމެ ޝަރަފުވެރި މަޤާމް"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޢަބްދުﷲ ރިޔާޟް ތިމަރަފުށީ ދާއިރާގެ ރަންގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު- "މިއީ ހަޔާތުގަ ލިބުނު އެންމެ ޝަރަފުވެރި މަޤާމް"

ޙަޔާތުގައި މިހައިތަނަށް ލިބިވަޑައިގެންނެވި އެންމެ ޝަރަފްވެރި މަޤާމަކީ އުފަން ރަށް ހިމެނޭ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މެންބަރުކަމަށް އިންތިޚާބުވުން ކަމަށް ވިދާޅުވެ ދާއިރާގެ ރައްޔިތުންނަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަށް ތިމަރަފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުﷲ ރިޔާޟް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޢަބްދުﷲ ރިޔާޟް އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކިނބިދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ. ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރެވެ.

"އަޅުގަނޑުގެ ޙަޔާތުގަ މިހާތަނަށް ލިބުނު އެންމެ ޝަރަފްވެރި މަޤާމަކީ އަޅުގަނޑުގެ އުފަން ރަށް ހިމެނޭ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މެނަބަރުކަމަށް އިންތިޚާބުވުން! ދާއިރާގެ އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ޝުކުރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް! ޝުކުރިއްޔާ އޮނަރަބަލް ޤާސިމް އިބްރާހީމް!"

މިއަދު އޮންލައިން